Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެ ވަޑައިގެންފިއެވެ.

ޝައިހް ހަސީނާއަށް އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަށް ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައިވެއެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި، ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާއި ގުޅޭދާއިރާގެ އެމްއޯޔޫއެއްގައި ސޮއިކުރުމާއި، އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަންއާ ގުޅޭ އެއްބަސްވުމަކާއި ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރުމުގެ އެއްބަސްވުމެއް ހިމެނެއެވެ.

މީގެއިތުރުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަދި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން 13 އަސްކަރީ އުޅަނދު ހަދިޔާ ކުރާނެކަންވެސް ހާމަކޮށްފައިވެއެވެ.