Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ކޮވިޑް-19 ގައި ތިނަދޫއިން މީހަކު މަރުވެއްޖެ

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި މަރުވެފައިވަނީ ޑރ. އަބްދުއްސަމަދް މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އާގުޅިގެން ފަރުވާދެމުންދިޔަ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 261 އަށް އަރާފައެވެ.

ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ 92،099 އަށް އަރާފައެވެ. މި ބަލިން ރަނގަޅު ނުވެ 1927 މީހުން ތިބިއިރު، އޭގެތެރެއިން 15 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 94،299 އަށް އަރާފައެވެ.