Last Updated: March 29, 02:52
Thursday, March 28, 2024
ވިޔަފާރި

އަހަރުގެ އެންމެ ބޮޑު ނައިޓް މާކެޓް މިރޭ މާލޭގައި ހުޅުވަނީ

ފޮޓޯ: ނިޝާން އަލީ/މިހާރު

މި އަހަރުގެ އެންމެ ބޮޑު ނައިޓް މާކެޓް މިރޭ ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މިރެއިން ފެށިގެން 10 ދުވަހަށް ކުރިއަށްދާ ނައިޓް މާކެޓް ބާއްވާ ފަރާތަކީ ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އެވެ.

މިރޭގެ ނައިޓް މާކެޓް 8:00 ގައި ހުޅުވަން ހަމަޖެހިފައިވާއިރު، މި މާކެޓް ހިންގުމަށް ބާއްވާ ފަރާތަކީ ޕްރިޒަމް ހޯލްޑިންސް އާ މާލެ ސިޓީ ކައުންސިލުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކުރިއަށް އޮތް 10 ދުވަހަށް މި މާކެޓް ހުޅުވިފައި ހުންނާނީ ރަސްފަނު ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން މެންދަރު 12:00 އަށެވެ.

ނައިޓް މާކެޓަށް 200 އަށްވުރެ ގިނަ މޭޒު ވިއްކާފައިވާއިރު، ކޮންމެ މޭޒެއް ބެހެއްޓުމަށް 8 ފޫޓު 8 ފޫޓު ގޮޅިއެއް ވަނީ ދޫކޮށްފައެވެ.މި