Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންތަކެއް ވެއްޖެ

މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންތަކެއް ވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޑރ. ޑީޑީ ކްލިނިލް ކައިރީގައި ހުންނަ "އެސްބީ މާޓް" ކިޔާ ފިހާރައެއްގައެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާނުގެ ހާދިސާގެ ހިނގާފައިވަނީ ގާތްގަނޑަކަށް 01:34 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެކްސިއު ސާވިސުން ކުރި މަސައްކަތަކުން 1:44 ހާއިރު އަލިފާންގަނޑު ނިއްވާލެވިފައިވާކަމަށެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ފިހާރައިގެ އޭސީގައި ކަމަށް ސިފައިން މައުލޫމާތުދެއެވެ. މި އަލިފާނުގެ ހާދިސާއާ ގުޅިގެން ފިހާރައަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.