Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިނގިރޭސިވިލާތަށް

ރައީސް މުހައްމަދު ނަޝީދު --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމި ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތުދޭގޮތުގައި ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނު، އިނގިރޭސިވިލާތަށެވެ.

މި ދަތުރުފުޅަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެވަޑައިގަންނަވާނެ ދުވަހެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއްނުވެއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވާއިރު، މިދުވަސްވަރު އަންނަނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއްވެސް ބާއްވަމުންނެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން އަންނަނީ ކުރަމުނެވެ.