ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިރޭ ބާއްވާއަށް ތައްޔާރުވުމަށް، އެ ސަރަހައްދުގެ ވިނަގަނޑު މަތީގައި އެއްޗެހި ބަހައްޓާފައި ހުރުމުން މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި ޖަލްސާއަށް ތައްޔާރުވަމުން އަންނަ ފޮޓޯތަކާއެކު މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް މީޓިންގ ގައި ތަކުރާރުކޮށް ދެންނާފައިވާނެކަމަށެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް ބެލުމެއްނެތި ވިނަގަނޑު މަތީގައި އެއްޗެހި ބަހައްޓާފައިވާތީ އެކަމަށް ހިތާމަކުރަށްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް މީޓިންގ ގައި ތަކުރާރުކޮށް ދެންނެވުމުންވެސް، އެއްވެސް ބެލުމެއްނެތި މިކަން ކޮށްފައިވާތީ ހިތާމަކުރަން. @ShimranAb @HomeMinistrymv pic.twitter.com/0Sl63TXti2
— Dr Mohamed Muizzu (@MMuizzu) December 26, 2021
ދިވެހިންގެ އެއްބައިވަންތަ ކަމުގެ ޖަލްސާ ބޭއްވުމަސް ހަމަޖެހިފައިވަނީ މިރޭ 08:30 ގައެވެ. މިޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ގައުމާ މުޚާތަބު ކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ.