ސްޓެލްކޯ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.
ރަޝީދު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
މުހައްމަދު ރަޝީދު ސްޓެލްކޯ ބޯޑުގެ ޗެއާމަންގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 2019 ފެބްރުއަރީ 12 ވަނަ ދުވަހުއެވެ.
ރަޝީދު ވަނީ ސްޓެލްކޯގެ އެކި މަގާމުތަކުގައި 50 އަހަރަށް ވުރެއް ގިނަ ދުވަހު ހިދުމަތް ކުރަށްވާފައެވެ.