Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ހިންމަފުށީ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފި

ކ. ހިންމަފުށީ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދެވަނަ ފިޔަވަހީގައި ހިމެނޭ އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.