އަންނަ ބްރާސްފަތި ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ 30 ޑިސެމްބަރުގައި އެ ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ބަންދުވާނެ ވކަމަށާއި، އެކަން ކަސްޓަމަރުންގެ މައުލުމާތަށްޓަކައި ދަންނަވާ ކަމަށެވެ.
އެއަށްފަހު ދެން ބީއެމްއެލް ހުޅުވޭނީ ޖެނުއަރީ 2، 2022 ގައި ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މިމުއްދަތުގައި މޮބައިލް އަދި އިންޓަރނެޓް ބޭންކިންގ އާއި ސެލްފް ސަރވިސް އޭޓީއެމް މެދުވެރިކޮށް ބޭންކިން ހިދުމަތް ހޯއްދެވޭނެކަމަށެވެ. އަދި ބޭކުެގ ކޮންޓެކްޓް ސެންޓަރުގެ 330200 ނަންބަރުން ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެކަމަށެވެ.