Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ކޮމަންޑޫ ދާއިރާއަށް އެމްއެންޕީ ޓިކެޓްގައި ވާދަކުރޭ ކެނޑިޑޭޓްގެ ފޯމު އީސީއަށް ހުށަހަޅައިފި

ކޮމަންޑޫ ދާއިރާއަށް މޯލްޑިވަސް ނޭޝަނަލް ޕާޓީގެ(އެމްއެންޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތި ލުމަށް ހުށަހެޅި ފުރުސަތުގައި ކުރިމަތި ލާފައިވަނީ ހަންނާނު އެކަނި ކަމަށް އެމްއެންޕީން ބުނެފައިވެއެވެ. އޭނާ އަކީ ތައުލިމީ ދާއިރާގައި ފާހަގަކޮށްލެވޭ ވަޒީފާތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެއް ކަމަށް އެމްއެންޕީން ބުނެ އެވެ.

މި ބައިއިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި އަހުމަދު ރާޝިދު އިންތިހާބުގައި ވާދަކުރާއިރު، ޕީޕީއެމްގެ ޓިކެޓް ލިބިފައިވަނީ މީގެކުރިން ހޯމް މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމު އަދާކުރައްވާފައިވާ މޫސާ ފަތުހީއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.