އެއްދުވަހެއްގައި ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އައި ދުވަހަކަށް ޑިސެމްބަރު 26 ވަނަ ދުވަސް ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، ޑިސެމްބަރު 26 ވަނަ ދުވަހު ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށެވެ. އެގޮތުން އެދުވަހު ރާއްޖެއަށް 7,098 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މިއީ 2020 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން އެއް ދުވަހެއްގައި އެންމެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރި ދުވަސްކަމަށްވެސް ބުނެފައިވެއެވެ.
މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ހުސްވި ނޮވެމްބަރު މަހުއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްގޮތުން ނިމުނު ނޮމެމްބަރު މަހު ރާއްޖެއަށް ވަނީ 144،725 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން ރާއްޖެއަށް މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް، 113،367 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު 1،271،020 އަށް ވަނީ އަރާފައެވެ.