Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

އާ އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި މިޔުޒިކް ޝޯއެއް

އާ އަހަރު ފާހަގަކުރަން ހުޅުމާލޭގައި ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން މިއުޒިކް ޝޯ ބައްވަން ތައްޔާރުވެއްޖެ އެވެ.

ޔޫތު މިނިސްޓަރ މުހައްމަދު މަހްލޫފު ކުރެއްވި ޓުވީޓްގައި ވިދާޅުވީ މި ޝޯއަށް އިންޑިއާގެ މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު އަދި ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ގެންނަން ނިންމާފައިވާ ކަމަށެވެ.

އާ އަހަރުގެ ފާހަގަކުރާ މި ޝޯ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30 ގައި ހުޅުމާލެ ދުވާ ޓްރެކުގަ އެވެ. މި ޝޯގައި ދިވެހި ބައެއް އާޓިސްޓުންގެ ހުށަހެޅުންތައް ވެސް އޮންނާނެ އެވެ.

މި ސަރުކާރު އައިފަހުން ކޮވިޑް ބަލިމަޑުކަމާހުރެ މާލޭގައި އާ އަހަރު ފާހަގަ ކުރުމަށް ޝޯއެއް ނުބޭއްވެ އެވެ.