Last Updated: June 12, 11:16
Friday, June 12, 2026
ސިއްހަތު

ފަޅޯ: ކޮބާ ފައިދާއަކީ؟

ފަޅޮލަކީ ވެސް އޭގެ ވަރަށް ފައިދާ ހުރި މޭވާއެކެވެ.

ފަޅޮލުގައި ގިނަ މިންވަރަކަށް ވިޓަމިންސް ހިމެނެ އެވެ. އަދި ސަރުބީ ވިރުވުމާއި ހަޖަމު ރަނގަޅު ކުރުމުގައި ފަޅޮލުގެ ދައުރު ބޮޑުކަމުން ފަޅޯ ވެފައިވަނީ ގުދުރަތީ ގޮތުން ސަރުބީ އަންދާލަން އޮތް ވަރަށް ރަނގަޅު ކެއުމަކަށެވެ.

ފަހަކަށް އައިސް ހަށިގަނޑު ހިއްކުމަށް ބޭނުންކޮށްފައިވާ ވަރަށް ގިނަ ބޭސްތަކުގައި ފަޅޮލުގެ މާއްދާތައް ހިމަނާފައިވެ އެވެ.
ނަމަވެސް ފަޅޮލަކީ އަލަނާސި ގޮތަށް ވަރަށް ފަސޭހައިން ފީވާ އެއްޗަކަށް ވާތީ ކެއުމުގެ ކުރިން ނުވަތަ ކެއުމުގެ ފަހުން ނުވަތަ ކެއުމުގެ ތެރޭގައި ފަޅޯ ބޭނުން ކުރުމުން ފައިދާ ބޮޑު ވާނެ އެވެ.

ނަމަވެސް ޑައެޓް ކުރުމުގެ ގޮތުން ހަމައެކަނި ފަޅޯ ކެއުމަކީ ބޭރަށް ހިންގުން ޖެހި އިތުރު މައްސަލަތައް ކުރިމަތި ވެދާނެ ކަމެކެވެ.