Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ގުރައިދޫއިން ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް އަތުލައިގެންފި

ކ. ގުރައިދޫއިން ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް އަތުލައިގެންފިއެވެ.

ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްްކަތްތަކުގެ ތެރެއިން، ކ. ގުރައިދޫގައި މި މަހު 28 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށުގެ ހުސްބިމެއް ބަލައި ފާސްކޮށް ގޯނިތަކެއްގައި ފޮރުވާފައިހުރި 177 ބިޔަރު ދަޅު ހޯދާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލުމާތުދެއެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.