Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމުން މާފުށިވަރު ރިސޯޓު 4 ލައްކަ ރުފިޔާއިން ޖުރިމަނާކޮށްފި

މާފުށިވަރު ރިސޯޓް--

އދ. މާފުށިވަރުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރުމުން ޖުރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއިން އދ. މާފުށިވަރު ރިސޯޓް އިތުރަށް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފާސްކޮށްފައިވާ ކޮންސެޕްޓަށް ހަދާފައިވާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި އީޕީއޭއިން މަޝްރޫއަށް ދޫކޮށްފައިވާ ހުއްދައާއި ހިލާފަށް މަސައްކަތް ކޮށްފައިވާކަމަށެވެ.

މިކަމުގެ ސަބަބުން ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް، 402,500 ރުފިޔާއިން ޖުރިމަނާ ކޮށްފައިވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

އަދި މި ފައިސާ 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.