ތޭވީސް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު މި ސޮއެކުރެވުނު 23 ރަށާއެކު މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
މި މަޝްރޫޢުތަކުގައި ސަރވޭކުރުން، ފެނާއި ނަރުދަމާ ނިޒާމް ފަރުމާ ކުރުން، ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުން، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމްކުރުން، ސީ އައުޓް ފޯލް އެޅުން، އިދާރީ އޮފީސް ޤާއިމްކުރުން ހިމެނެއެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މި 23 ރަށުގެ މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 920,627,031.09 ރުފިޔާއެވެ.