Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، މަނަދޫ ގެ ބިމެއްގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ސްޓޯން ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާއެކު ލީސް އެގްރީމެންޓެއްގައި ސޮއިކޮށްފައިވަނީ އިއްޔަ ކަމަށެވެ.

އަދި 2024 ވަނަ އަހަރުގެ މެދުތެރޭގައި ހޮޓެލް އޮޕަރޭޓްޝަނަށް ގެނެވޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މިމަޝްރޫއުގެ ދަށުން 132،000 އަކަފޫޓުގެ ބިމެއްގައި މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށް މި ހޮޓާ ތަރައްޤީކޮށް 30 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އަދި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ބައިވެރިވެވަޑައިގެންފައިވެއެވެ.