Last Updated: May 4, 16:41
Saturday, May 4, 2024
ޚަބަރު ކޮވިޑު އަތޮޅުތަކަށް

މޮނިޓަރިންގައި 15 ރަށް: އެންމެ ގިނަދުވަހު މޮނިޓަރިންގައި އައްޑޫގެ ރަށްތައް

ހިތަދޫ ބޮޑު މަގުގައި ރެންޑަމް ސާމްޕަލް ނަގަނީ، ފޮޓޯ: އައްޑޫލައިވް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ 15 ރަށެއް މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ތެރެއިން އެންމެގިނަ ދުވަހު މޮނިޓަރިންގައި އޮތީ އައްޑޫސިޓީގެ ރަށްތަކެވެ.

އެގޮތުން އޮގިސްޓް 28 ވަނަ ދުވަހުން ފެށިގެން ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ މޮނިޓަރިންގައި އޮތްއިރު، ސެޕްޓެމްބަރު 4 ވަނަ ދުވަހުން ފެށިގެން ސ. ހުޅުމީދޫ، އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

މީގެއިތުރުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ، މ. މުލައް، ދ. ކުޑަހުވަދޫ، ނ. ލަންދޫ، ތ. ވިލިފުށި، ގދ. ވާދޫ، ކ. ތުލުސްދޫ، ހދ. ނާވައިދޫ، ދ. ހުޅުދެލި، ގދ. ހޯޑެއްދޫ އަދި ގދ. ގައްދޫއެވެ.

ރާއްޖެއިން މި ބައްޔަށް ޖުމުލަ 95،420 މީހުން ޕޮޒިޓިވްވެފައިވެއެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 2،205 ކޭސް އެވެ. މި ބަލިން 92،940 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 13 މީހަކަށެވެ. މި ބަލީގައި 262 މީހަކު ވަނީ ނިޔާވެފައެވެ.