Last Updated: April 18, 19:44
Thursday, April 18, 2024
ޚަބަރު

ލާމަސީލު ޒުވާނާ ކޭމްޕުގައި ބައިވެރިވަމުން އައި ޒުވާނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ލާމަސީލު ޒުވާނާ ޕްރޮގްރާމުގައި ބައިވެރިވަމުން އައި ޒުވާނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން މިކަން ވަނީ "އައްޑޫލައިވް"އަށް ކަށަވަރުކޮށްދީފައެވެ.

އައްޑޫލައިވަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވި ޒުވާނާއަކީ ތެލެސީމިއާ ޒުވާނެއް ކަމަށާއި، ލޭ އަޅަންވެގެން ގޮސް ކޮވިޑަށް ޓެސްޓުކުރުމުން ޕޮޒިޓިވްކަން އެނގުނު ކަމަށެވެ. ނަމަވެސް އެ ޒުވާނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ޢަދަދު އަދި އެނގެން ނެތް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ލާމަސީލު ޒުވާނާ ކޭމްޕަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ޒުވާނުންނަށް ޚާއްސަ ކޭމްޕެކެވެ. މި ކޭމްޕު މި އަހަރު އައްޑޫ ސިޓީގައި ކުރިއަށްދާއިރު، 90 އަށްވުރެ ގިނަ ޒުވާނުން މި ކޭމްޕުގައި ވަނީ ބައިވެރިވެފައެވެ.