Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

މާލެސިޓީގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

މާލެސިޓީގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މާލެސިޓީގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ހެނދުނު ފަށާފައިވާއިރު، މާލޭގެ އެކި ސަރަހައްދު ތަކުގައި ގަސް އިންދާފައިވެއެވެ.

އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް މިއަދު ފައްޓަވައިދެއްވީ މާލެ ސިޓީ ކައުންސިލަށް އެންމެ ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ، މާލެ ސިޓީކައުންސިލްގެ ސީނިއަރ އެކައުންޓްސް އޮފިސަރ އަބްދުﷲ ރަމީޒްއެވެ.

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމުގެ ދަށުން މިއަދު ގަސް އިންދަން ފަށާފައިވާއިރު، މި ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށިގެންދިޔަ ޕްރޮގްރާމެއް ކަމަށް މާލެސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.