Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ގެއްލުނު މީހާ ހޯދުމަށް ސިފައިން ހުއްޓުމެއްނެތި ހަރަކާތްތެރިވަނީ

އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅނަދެއް

ބޯވަ ނަގަން ފާބައި އުޅެނިކޮށް ގެއްލުނު މީހާ ހޯދުމަށް ސިފައިން މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، ގެއްލުނު މީހާ ހޯދުމުގައި ކޯސްޓްގާޑްގެ ސިފައިން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެގޮތުން މިވަގުތު އެމްއެންޑީއެފް ކޯސްޓްގާޑްގެ ނޫރައްދީން ލޯންޗް އަދި ހާބާ ކްރާފްޓް ލޯންޗެއް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ގެއްލިގެން ހޯދަނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި 21 އަހަރުގެ ދިވެއްސެކެވެ. ގެއްލުނު ވަގުތު އޭނާގެ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މައުލޫމާތު ލިބެ އެވެ. އެމްއެންޑީއެފުން މީގެކުރިން ބުނީ ގެއްލުނު ޒުވާނާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުން، ޑައިވްކޮށްގެން 55،000 އަކަ މީޓަރު ބަލާފައިވާ ކަމަށާއި އަދި ސްނޯކްލިން ކޮށްގެން 36،000 އަކަ މީޓަރު ބަލާފައިވާ ކަމަށެވެ. ނަމަވެސް ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.