Last Updated: May 4, 11:23
Saturday, May 4, 2024
ޚަބަރު ކޮވިޑު އަތޮޅުތަކަށް

ކޮވިޑް-19: މޮނިޓަރިންގައި 12 ރަށް

ކޮވިޑް-19 ބަލި މީހުންގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވަނީ-- ފޮޓޯ: އައްޑޫލައިވް

ކޮވިޑް-19 އާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިއޮތީ 12 ރަށްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރޭ 09:00 އާ ހަމައަށް މޮނިޓަރިންގައި އޮތީ 12 ރަށެވެ.

އެގޮތުން މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ މ. މުލައް، ދ. ކުޑަހުވަދޫ، ނ. ލަންދޫ، ތ. ވިލިފުށި، ގދ. ވާދޫ، ކ. ތުލުސްދޫ، ހދ. ނާވައިދޫ، ދ. ހުޅުދެލި، ގދ. ހޯޑެއްދޫ، ގދ. ގައްދޫ، ކ. މާފުށި އަދި ހއ. އިހަވަންދޫ އެވެ.

ރާއްޖެއިން މި ބައްޔަށް ޖުމުލަ 95،700 މީހުން ޕޮޒިޓިވް ވެފައިވެއެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 2،298 ކޭސްއެވެ. މި ބަލިން 93،127 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 18 މީހަކަށެވެ. މި ބަލީގައި 262 މީހަކު ވަނީ ނިޔާވެފައެވެ.