އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ގިނަ ސަރަހައްދުތަކަކާއި ގިނަ އުޅަނދުތަކެއް ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ، ”އޮޕަރޭޝަން ރިވެލި” ގެ ދަށުން 789 ސަރަހައްދަކާއި 387 އުޅަނދު ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން 99 މީހަކު ބަލައިފާސްކޮށްފައިވާއިރު ހުއްޓުވައި ސުވާލުކޮށް 504 މީހަކު ފޮނުވާލާފައިވާކަމަށެވެ. އަދި ތިން މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ އިއްޔެ ހަވީރުން ފެށިގެން މިއަދުު ހެނދުނު 06:00 އާހަމައަށް ފޭރުމުގެ ދެ މައްސަލައަކާއި ވައްކަމުގެ ހަތަރު މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން މާރާމާރީގެ ތިން މައްސަލައަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ޓްރެފިކް ވައިލޭޝަންތަކާ ގުޅިގެން 13 މީހަކު ޖޫރިމަނާކޮށްފައިވާއިރު، 6 އުޅަނދެއް ޓޯ ކޮށްފައިވާކަމަށެވެ.