Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު ކޮވިޑު އަތޮޅުތަކަށް

އައްޑޫ އިން އިތުރު 14 މީހަކަށް ކޮވިޑް ޖެހިއްޖެ

އައްޑޫ ސިޓީން ކޮވިޑް-19 އަށް އިއްޔެ 14 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޫ އިން އިއްޔެ ފެނުނު 14 ކޭސްގެ ތެރެއިން 13 ކޭސް ފެނިފައިވަނީ ހިތަދޫން ކަމަށްވާއިރު އަނެއް ކޭސް ފެނިފައިވަނީ ފޭދޫން ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 52 ކޭސް އުޅޭއިރު، މަރަދޫގައި ދެ ކޭސް، މަރަދޫފޭދޫގައި ފަސް ކޭސް ފޭދޫގައި އެއް ކޭސް އަދި މީދޫގައި އެއް ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 62 އަށް ދަށްވެފަ އެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ 12 މީހަކު ނިޔާވެފައެވެ.