Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ނަރުހުގެ މަރު: ލަމްހާގެ ބަންދަށް އިތުރު 15 ދުވަސް

މާވިން އާއި ލަމްހާ

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރި ފިލިޕީންސްގެ އަންހެން ނަރުސް މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދިވެހި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

ފިލިޕީންސްގެ އަންހެން ނަރުސް މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ އަންހެން މީހާގެ ފިރިމީހާ މާވިންއާއި، މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާ އެވެ.

ނަރުހުގެ މަރުގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ލަމްހާ ހައްޔަރުކުރީ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަހުގެ މުއްދަތު ހަމަވުމުން، އިއްޔަ ކޯޓުންވަނީ އިތުރު 15 ދުވަސް ޖަހާދީފައެވެ.

ނަރުހުގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައިވާއިރު، ފުލުހުން ވަނީ އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ މަރުވެފައިވަނީ ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ މީގެކުރިން ލަމްހާ ދިރިއުޅޭތަން ބަލާފާސްކޮށް ގިނަ އަަދަދެއްގެ ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.