Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު މަސްވެރިން

ކޫއްޑޫ އަދި އައްޑޫ ފިޝަރީޒްއަށް ދޯންޏަކުން 6 ޓަނު މަސް ކިރަނީ

ދިވެހި މަސްވެރިން މަސްވެރިކަމުގައި-- ފޮޓޯ: މުހައްމަދު އާޒިމް އަލީ

ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސްގަންނަވަރު އިތުރުކޮށްފިއެވެ.

މަސް ގަންނަ ކޮންޓްރޯން ދޫކޮށްލުމަށް ނިންމީ، މިދުވަސްވަރު ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ ކޫއްޑޫ އަދި އައްޑޫ ފިޝަރީޒްގެ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުންދާތީއެވެ.

އެހެންކަމުން މިއަދުން ފެށިގެން ކޫއްޑޫ އާއި ކޫއްޑޫގެ ބޯޓު ފަހަރުތައް އަދި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސް ގަންނަވަރު އިތުރުކޮށް، ކޮންމެ ދޯންޏަކުން 6 ޓަނުގެ މަސް ގަތުމަށް ވަނީ ނިންމާފައެވެ.

މިފްކޯއިން މަސް ގަންނަ މިންވަރު މިދިޔަ މަހުގެ 25 ވަނަ ދުވަހު ވެސް ކޮންޓްރޯލްކޮށްފައިވެއެވެ. އޭރު ނިންމާފައިއޮތީ ކޮންމެ ދޯންޏަކުން 5 ޓަނު މަސް ގަތުމަށެވެ.