Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

އަންހެނަކަށް އިންޒާރުދިން އެމްޕީއެލްގެ މުވައްޒަފެއްގެ މައްސަލަ ބަލަނީ

މާލޭ ނޯތް ހާބަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ މުވައްޒަފަކު އަންހެނަކަށް އިންޒާރުދީ ހަޑިހުތުރު ބަހުން ޒުވާބުކުރި މައްސަލައެއް ބަލަމުން އަންނަކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ، އެމްޕީއެލްގެ ޓީޝާޓްގައި ހުރި މީހަކު، ނޯތް ހާބަރުގައި ހުރި އަންހެނަކާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އިންޒާރުދީ ހަދަމުން އަންނަތަނެވެ.

އެހެންނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އަދި މިކަން ހިނގަން މެދުވެރިވި ސަބަބެއްވެސް ސާފުވާގޮތެއް އަދި ނުވެއެވެ.

މި ވީޑީއޯ ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނައިރު، މިކަމާ ގުޅިގެން އެމްޕީއެލުން ބުނެފައިވަނީ އެ ވީޑިއޯ އެ ކުންފުނީގެ ސަލާމަތަށް އައިސްފައިވާކަމަށާއި، އެމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.