Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ލަންކާ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން ނުރަސްމީދަތުރުފުޅެއްގައި އަވައްޓެރި ސްރީލަންކާއަށް ވަޑައިގެންފައިވަނީ އާ އަހަރާ ދިމާކޮށެވެ.

ސްރީލަންކާއަށް ކުރެއްވީ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

އާ އަހަރާ ގުޅިގެން ރައީސް ސޯލިހް ފޮނުވި ޚިތާބުގައި ވިދާޅުވެފައިވަނީ، 2022 އަކީ ތަރައްޤީގެ އުފާވެރިކަން ރައްޔިތުންނަށް އެތައް ގުނައަކަށް ހާސިލްކުރެވޭނެ އަހަރަކަށް ވާނެކަމަށެވެ. އަދި ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ޤައުމު ގެންދެވުނު އަހަރެއް ކަމަށެވެ.