Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

މިސްރުގައި ކިޔަވަމުންއައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މިސްރުގައި ކިޔަވަމުންއައި ދިވެހި ދަރިވަރަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްރުގައި ނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ މިންހާޖު އީސާއެވެ.

އިނގިފައިވާ ގޮތުގައި ދިވެހި ދަރިވަރު ނިޔާވެފައި އޮށްވާ ފެނުނީ ފާޚާނާގެ ތެރޭގައެވެ. އަދި ހަށިގަނޑުގެ ބޭރުން އެއްވެސް ކަހަލަ އަނިޔާއެއް ފެންނަން ނެތްކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ ދަރިވަރުގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ. އަދި އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ރޭ އްސުރެ މިސްރުގައި ތިބި ދިވެހި ދަރިވަރުންނާ މުއާމަލާތް ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.