މާލޭގައި ހުންނަ ނެދަލޭންޑްސްގެ ކޮންސިއުލޭޓް ތެރޭ އަމިއްލައަށް ބަންދުވެގެން ހުރި މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނެފައިވަނީ އަލިފާން ބިލްޑިންގައިހުންނަ ނެދަލޭންޑްސް ކޮންސިއުލޭޓް ގެ ކުޑަ ކޮޓަރިއަކަށްވަދެ މީހަކު ބަންދުވެގެން ހުރިކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެމީހާ އެތަނުން ނުކުންނަން ދެކޮޅު ހަދައި، އަމިއްލަ ނަފުސަށް ގެއްލުންދީފާނެ ކަމަށް ބެލެވިގެން، ކޮންސިއުލޭޓްގެ ހުއްދައާއެކު ބާރުގެ ބޭނުންކޮށްގެން އެ މީހާ ކޮޓަރިން ނެރެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޓަރީގައި އަމިއްލައަށް ބަންދުވެގެންހުރީ ބިދޭސީ ފިރިހެނެކެވެ.