Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމުން، އުޅަނދާއި މީހުން ހޯދުމުގެ މަސައްކަތް ފަށައިފި

ފ.ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމުން އުޅަނދާއި މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، "އަލަމާ-05" ނަމަކަށް ކިޔާ ދޯންޏެއް ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ޖަނަވަރީ 3 ވަނަދުވަހުގެރޭ 23:22 ހާއިރު ކަމަށާއި، މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނީގައި ތިބީ ތިން މީހުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށް ބުނެފައިވެއެވެ.