Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ރައީސް، ނ. އަތޮޅުގެ 5 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މާފަރަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މާފަރަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހް މާފަރަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

މާފަރަށް ވަޑައިގެން ރައީސް ސޯލިހް ވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިދަތުރުފުޅުގެ ތެރެއިން ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައި ދެއްވުމަށާއި، މަގޫދޫގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށާއި، ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައިވެއެވެ.

ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ސޯލިހްގެ އަރިހުގައި އެކި ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.