އައްޑޫސިޓީން ކޮވިޑް-19 ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ އައްޑޫސިޓީން ކޮވިޑް-19 ގައި، ރޭ 02:30 ގައި، ނިޔާވެފައިވަނީ 82 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
މިއާއެކު އައްޑޫސިޓީން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 14 އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަަދަދު ވަނީ 263 އަށް އަރާފައެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ވެސް ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 60 ކޭސް އުޅޭއިރު، މަރަދޫގައި ދެ ކޭސް، މަރަދޫފޭދޫގައި ހަތަރު ކޭސް ފޭދޫގައި ދެ ކޭސް އަދި މީދޫގައި އެއް ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 70 އަށް ދަށްވެފަ އެވެ.