Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ވަށުގިރީގައި ގަވައިދާ ހިލާފަށް ބައެއް މަސައްކަތް ކުރުމުން، 593،750ރ އިން ޖުރިމަނާކޮށްފި

ވ. ވަށުގިރި--

ވ. ވަށުގިރީގައި ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ގަވައިދާ ހިލާފަށް ކޮށްފައިވާތީ ވަށުގިރި ޕްރައިވެޓް ލިމިޓެޑް ޖުރިމަނާ ކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފައިވަނީ، ވަށުގިރި ޕްރިވެޓް ލިމިޓެޑުން މަސައްކަތް ކުރުމުގައި ޤާނޫނާއި ގަވައިދާ ހިލާފަށް މަސައްކަތް ކޮށްފައިވާތީ 593،750 ރުފިޔާއިން ވަށުގިރި ޕްރިވެޓް ލިމިޓެޑް، ޖެނުއަރީ 3 ގައި ޖުރިމަނާ ކޮށްފައިވާކަމަށެވެ.

އަދި މިފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.

މިފަހުން އީޕީއޭއިން ވަނީ ގަވައިދާ ހިލާފަށް މަސައްކަތް ކުރުމުން ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް، 402,500 ރުފިޔާއިން އަދި ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 275،000 ރުފިޔާއިން ޖުރިމަނާ ކޮށްފައެވެ.