Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫ-

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިއޮތް އެމްޓީސީސީން ބުނެފައިވަނީ ނެއްލައިދޫ ބަނދަރު މަސައްކަތް ނިންމާލާފައިވަނީ 30 ޑިސެމްބަރުގައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 398 މީޓަރުގެ ސަރަޙައްދެއްގައި ޭބރުތޮށި ލުމާއި، 103 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1812 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުއަކީ 55.4 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ބަނދަރު ތަރައްޤީ ކުރުމުގެ 26 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.