ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 3 ޖެނުއަރީ 2022 ވަނަ ދުވަހު ނިންމާލާފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 227 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 387 މީޓަރުގެ ޭބރުތޮށި ލުމާއި، 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ޖުމްލަ 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ޖެހުމުގެ އިތުރުން، ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.
ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.