ހުޅުމާލެ ފޭސް2 ގައި ހުރި ކުނިތަކެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑިއެފުން ބުނެފައިވަނީ ރޯވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ޓަވަރުތަކުގެ އުތުރު ފަރާތުން އޮންނަ ހުސްބިމުގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ކަމަށެވެ.
ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:13 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ހުޅުމާލެ ފޭސް2 ގެ އެކިތަންތަނުގައި ހުންނަ ކުނިތަކުގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯވެމުގެ ހާދިސާތައް ދިމާވެއެވެ.