Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ގެއްލުނު ދޯނީގެ ބައެއް ސާމާނު އޮޔާދަނީ، މީހުން ނުފެނޭ

ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރަނިކޮށް އަޑިއަށް ދިޔަކަމަށް ބެލެވޭ "އަލްމާ 5" ދޯނީގެ ބައެއް ސާމާނު ކަނޑުމަތިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައިވާކަމަށެވެ.

މި ދޯނި ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 23:22 ހާއިރު ކަމަށާއި، މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނީގައި ތިބީ ތިން މީހުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.