އަލަމާ-5 ދޯނިން ގެއްލުނު މީހުންގެ ތެރެއިން ދެ މީހުން ކަނޑުމަތިން ނަގައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، އަލަމާ-5 ދޯނިން ގެއްލުނު ފަޅުވެރިންގެ ތެރެއިން 2 މީހުން މިއަދު ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ނަގާފައިވާކަމަށެވެ.
މީމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަރވިސް، ދޯނީގެ ވެރިފަރާތާއި އަދި މީގެ އިތުރުން ވައިގެ މަގުން އެސަރަހައްދުގައި ޓީ.އެމް.އޭ ގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާބޯޓެއްވެސް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ގެއްލުނު ފަޅުވެރިންގެ ތެރެއިން ދިވެހި މީހާ ފެނިފައިނުވާއިރު، މި މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން މެދުކެނޑުމެއްނެތި ކުރަމުން އަންނަކަމަށް ބުނެފައިވެއެވެ.