Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ)ގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ ޖެނުއަރީ 5 ވަނަ ދުވަހުން ފެށިގެން 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 ޖަނަވަރީ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. އަދި، ރައީސް އޮފީހުގެ ވެބްސައިޓް presidency.mv އިން ފޯމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެކަމަށެވެ.

އޭސީސީގެ ހުރިހާ މެމްބަރު އިސްތިއުފާ ދީފައިވަނީ، އެ ކޮމިޝަންގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް މަޖިލީޙުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.