Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ގިނަ މަސައްކަތް އެބަ ކުރެވޭ: ރައީސް ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--

އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ގިނަ މަސައްކަތް ކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ މަގޫދޫ އާ އިންޖީނުގޭގެ އާ އޮފީސް ހުޅުވައިދެއްވާ ދެކެވި ވާހަކަފުޅުގައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިސަރުކާރުގެ ތަރައްގީ އަމާޒުކޮށްފައި ހުރީ ވަކިވަކި ރައްޔިތުންނަށް ފައިދާވާނެގޮތަށް ބަލައިގެންކަމަށެވެ. އެގޮތުން އަމާޒުކޮށްފައި ހުރީ ސީދާ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް ކަމަށާއި، އެ ވިސްނުމުގައި ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްތައް ތަރައްޤީ ކުރަމުން އަންނަކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރަށްރަށުގެ އިންޖީނުގެތައް ތަރައްޤީކުރަމުން އަންނައިރު އިއާދަކުރަނިވި ހަކަތައަށް ރުޖޫއަވުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި މުޅި ރާއްޖޭގައި އޮތީ ގާތްގަނޑަކަށް 16 މެގަވޯޓްގެ ސޯލާ އެނާޖީ. އެހެންނަމަވެސް މި ވޭތުވެތިޔަ 3 އަހަރުގެ ތެރޭގައި 20 މެގަވޯޓްގެ އެއަށް އިތުރުކޮށް ދެގުނައަށްވަނީ އިތުރުކޮށްފައި. އަޅުގަނޑުމެންގެ މި ފަސް އަހަރު ނިމިގެންދާއިރުގައި ރާއްޖޭގައި ސޯލާ އެނާޖީ ބޭނުންކުރެވޭ އަދަދު 52 މެގަވޯޓަށް ބަދަލުކުރެވިގެންދާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގައި ކަރަންޓުގެ ހިދުމަތަކީ ސޯލާ އެނާޖީއާއެކީގައި ހަމަހަމަކޮށް ދެވޭ ހިދުމަތަކަށް ބަދަލުކުރުން ކަމަށެވެ.