Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕްރޮމޯޝަނެއް

Processed with VSCO with e2 preset

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަދި ޕާސަނަލް ފައިނޭންސިން މައިކްރޯ އަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއްވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތަކީ 2 ޖަނަވަރީން ފެށިގެން 31 ޖަނަވަރީ 2022 ގެ ނިޔަލަށް ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ކަނޑައެޅިފައިވާ އިނާމުތައް:

1-ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް
2- ޕްރޮމޯޝަން ނިމުމާއެކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް

ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިން ވަނީ މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕޯޓްފޯލިއޯ އަށް ވެސް ބަދަލު ގެެނެސްފައެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް ބީއެމްއެލް ޕަރސަނަލް ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.