Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

"އިންޑިއާ އައުޓް" މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން އިއްޔަ ބޭއްވި އެއްވުމުން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

އިއްޔަ ހަވީރު އިދިކޮޅުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް 11 މީހުން ގެންގޮސްފައިވެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލާފައިވާކަމަށެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށުގައިވެސް އިދިކޮޅުން އަންނަނީ "އިންޑިއާ އައުޓް" ކެމްޕޭން ކުރިއަށް ގެންދަވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އިދިކޮޅުންވަނީ "އިންޑިއާ އައުޓް" ކެމްޕޭން އިތުރަށް ފުޅާކޮށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އިންޑިއާ އައުޓް ކެމްޕޭންގެ ރާއްޖޭގެ އެކިއެކި ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ.