Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މުއިއްޒު މައްސަލައިގައި މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލް

މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ބޭއްވި އަޑުއެހުމުގައި--

ކުރީގެ ހައުންސިން މިނިސްޓަރު އަދި މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި، މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން، ތާވަލުކޮށްފައިވަނީ ހެނދުނު 10:00 އަށެވެ.

އެ އަޑުއެހުން ކެންސަލް ކޮށްފައިވާއިރު، ކެންސަލް ކުރި ވަކި ސަބަބެއް ސާފެއް ނުވެއެވެ. މިމައްސަލައިގައި އެންމެ ފަހުން ތާވަލުކުރި އަޑުއެހުންވެސް ވަނީ މުއިއްޒުގެ ވަކީލުންގެ އެދުމުގެ މަތިން ކެންސަލް ކޮށްފައެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މައްސަލައިގައި ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން (ނޫމަޑި) ނަމަކަށްކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާކަމަށެވެ.