Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ބާޖެއް ފަރަށް އަރައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

ބާޖެއް ފަރަށް އަރައިގެން އެ އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އެފްއެސްއެމްއިން އޮޕަރޭޓް ކުރަމުންދާ 24 މީޓަރު ދިގުމިނުގެ ބާޖެއް ރޭގެ ވަގުތެއްގައި ކ.ރަންނާޅި ރިސޯޓު ކައިރީގައިވާ ފަރަކަށް ވަނީ އަރާފައިވާކަމަށެވެ.

މި އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް ނުވަތަ އުޅަނދުން ތެޔޮ ލީކުވެފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.