Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

ހުސެއިން ވަހީދުގެ ފިކުރާ ސްޕީޑްގައި މަސައްކަތްކުރާނެ ކެންޑިޑޭޓަކީ ރާޝިދު: ރައީސް

ކޮމަންޑޫ ދާއިރާއަށް ބޭނުންވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ނިޔާވި މުހައްމަދު ވަހީދު މަސައްކަތް ކުރެއްވި ސްޕީޑްގައި މަސައްކަތްކުރައްވާނެ ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކީ އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ މުހައްމަދު ރާޝިދު ކަމަށް ރައީސް އިބްރާހިމް މުހައްމަދު

"މި ވަގުތު މި ދާއިރާގެ ދުވެއްޔަށް ބޭނުންވަނީ ހަމަ ހުސެއިން ވަހީދުގެ ސްޕީޑް. އެ ފިކުރާ އެ ވިސްނުން. އެ ވިސްނުމުގައި މަސައްކަތްކުރައްވާނެ ބޭފުޅަކީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު،" ރައީސް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ ރަށްރަށުގެ މަޝްރޫއުތައް ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގައި އިންނަވާ ރައްޔިތުންގެ މަޖިލުގެ މެމްބަރުގެ ފިކުރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެ މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ގަބޫލުކުރާ މެމްބަރުން މަޖިލީހުގައި ތިބުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.

"،މިއާ ސީދާ އިދިކޮޅު މެމްބަރަކު އިންތިހާބުކޮށްފިއްޔާ އުނދަގޫވާނެ. އަޅުގަނޑުމެންނާ ވާދަކުރައްވާ ބޭފުޅުންގެ ފިކުރަނީ މަރުކަޒީ ނިޒާމެއް ގާއިމުކުރުން. އެއްތަނަށް މީހުން ޖަމާކުރުން. އެއްތަނަކަށް މީހުން ޖަމާކުރުން. މީއަކީ މި ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ފާއިތުވި ތިން އަހަރަކީ މިއިން ދުވަހަކުވެސް އެ ދާއިރާ ނުދެކޭ ފަދަ ތަރައްގީގެ މަޝްރޫއުތައް ގިނަ ތިން އަހަރު ކަމަށެވެ. ރައީސް ވަނީ އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުންދާއިރު އެހެން ޕާޓީތަކުން މަޑުކޮށްލައިގެން ތިބުމަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ.

މި ޖަލްސާގައި ރައީސް ވަނީ މުޅި ރާއްޖޭގައި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު މުޅި ރާއްޖެއަށް ފޯރުކޮށްދެމުން ދިޔައީ 70 މެގަވޮޓްގެ ކަރަންޓް ކަމަށާއި ނަަމަވެސް މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެ އަދަދު ދެ ގުނަކޮށް 140 މެގަވޮޓްގެ ކަރަންޓް ފެނަކައިން ފޯރުކޮށް ދެމުންދާ ކަމަށެވެ. އެކަށްޓަކައި ރާއްޖޭގެ 133 ރަށަކަށް 213 އާ ޖަނަރޭޓަރު ފޯރުކޮށްދީފައިވާ ކަަމަށް ރައީސް ވިދާޅުވި އެވެ.

"މި ކޮމަންޑޫ ފަދައިން 39 ރަށެއްގައި އިންޖީނުގެ އިމާރާތްކުރުމުގެ ކޮށް ނިންމަައިފިން. އިތުރު 31 ރަށެއްގައި މި މަސައްކަތް އެބަ ކުރިއަށްދޭ،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އަންނަ ރޯދަ މަހުގެ ކުރިން ޒަމާނާ އެއްގޮތައް އިމާރާތްކޮށްފައިވާ އާ ހަތަރު މިސްކިތް ހުޅުވޭނެ ކަމަށާއި މި ސަރުކާރުން މިހާތަނަށް 25 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ނިންމާފައިވާ ކަމަށެވެ. ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން 39 ރަށެއްގެ ބަނދަރުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިހާތަނަށް ޕީއެސްއައިޕީގެ މަސައްކަތްތަކުގެ ތެރެއިން 15 ބިލިއަން ރުފިޔާގެ މަސައްކަތްކޮށްފައިވާ ކަަމަށެވެ.