Last Updated: June 21, 13:41
Sunday, June 21, 2026
ޚަބަރު

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހުން ފިޔަވާ އެހެން މީހުން ދޫކޮށްލައިފި

އިދިކޮޅުން އިއްޔަ މާލޭގައި ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެހެން މީހުން ދޫކޮށްލައިފިއެވެ.

ޕީޕީއެމް ޕީއެންސީން މާލޭގައި އިއްޔަ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން 29 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ މީހެއް ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ބަންދުން ދޫނުކޮށް ހުރި އެކަކީ ފުލުހަކަށް ހަމަލާ ދިން މީހެއްކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުން "އިންޑިއާ އައުޓް" މުޒާހަރާ ކޮންމެ ދުވަހަކުވެސް ބާއްވަމުން އަންނައިރު، އެ މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ. އެހެންނަމަވެސް ފަހުން އެމީހުން ދޫކޮށްލައެވެ.