ޣައިރު ޤާނޫނި އަމުރު ތަންފިޒުކުރާ ފުލުހުންނާ ޤާނޫނުއަރާ ހަމަކުރާނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން އިއްޔަ މާލޭގައި ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށް ވެހިކަލްއަށް އަރުވަން އުޅުނު ވީޑިއޯއެއް ހިއްސާކޮށް ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ތެރޭގައި އަނިޔާވެރިބަޔަކު ތިބުމަކީ ބިރުވެރިކަމެއް ކަމަށެވެ.
"ހަމަ ބުއްދީގައި ތިބި ބައެއްގެ ފަރާތުން ފެންނާނެ އަމަލުތަކެއް ނޫން މިއީ." ޝިޔާމްގެ ޓްވީޓްގައިވެއެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ ޣައިރު ޤާނޫނީ އަމުރުކުރާ ފަރާތްތަކާއި އަމުރު ތަންފީޒު ކުރާ ފުލުހުންނާ ޤާނޫނު އަރާ ހަމަކުރާނެކަން ދަންނަންޖެހޭނެކަމަށެވެ.
ޕީޕީއެމް ޕީއެންސީން މާލޭގައި އިއްޔަ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން 29 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ މީހެއް ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ބަންދުން ދޫކޮށްނުލި 2 މީހުންނަކީ ފުލުހުންނަށް ހަމަލާދީން ދެމީހުންކަމަށްވެސް ބުނެފައިވެއެވެ.