ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓިސީސީން ބުނެފައިވަނީ ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ސަބްބޭސް މަސައްކަތްތައް 4 ޖެނުއަރީ 2022 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރަންވަނީ ހަމަޖެހިފައެވެ. އަދި 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.