Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މިއަހަރުގެ ފުރަތަމަ 5 ދުވަހު 24،000 އަށްވުރެއް ގިނަ ފަތުރުވެރިން

މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް 24،000 އަށްވުރެއް ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް ވަނީ 24،527 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ.

މީގެތެރެއިން އެންމެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން 6،700 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، އިޓަލީން 3،162 ފަތުރުވެރިން، ޖަރުމަނުން 1،665 ފަތުރުވެރިން، އިންޑިއާއިން 1،480 ފަތުރުވެރިން، އިނގިރޭސިވިލާތުން 1،475 ފަތުރުވެރިން އަދި ޔޫކްރެއިންއިން 1،179 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މީގެއިތުރުންވެސް އިތުރު ގައުމުތަކަށް ނިސްބަތްވާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

މިދިޔަ 2021 ވަނަ އަހަރު ރާއްޖެއަށް 1،321،932 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 53،166 އެނދު އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ 161 ރިސޯޓުގައި 38،226 އެނދު، 624 ހޮޓެލް، ގެސްޓްހައުސްގައި 12،082 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2،858 އެނދެވެ.